ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

އަވަސް

14 މާރިޗު 2026 | ހޮނިހިރު | 10:56

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެެވެ.

މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަނީ މާލެގައި ހުންނަ ސެންޓަ ފޮ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަނުންނެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ މިއަދާއި މާދަމާ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންފުރުފަހު 1:00 އިން ހަވީރު 3:00 އަށް ގޮވާމުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން އޮންލައިންކޮށް އަދި ނަގުދު ފައިސާއިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މާލޭގައި ނަގުދު ފައިސާއިން ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުންނެވެ. އެ ގޮތުން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް