ދޯހާގެ މީހުންނަށް ރޭ ނުނިދުނު

އަވަސް

14 މާރިޗު 2026 | ހޮނިހިރު | 12:00

މެދުއިރުމަތީގެ ހަނގުރާމައިގައި ގަތަރުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރަން އެ ގައުމުގެ ސަރުކާރުން ރޭ އަންގައިފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ޖައްވުން ބާރުގަދަ ގޮވުމެއްގެ އަޑު ރޭ އެ ގައުމުގެ ގަޑިން 1:30ގައި (ޖީއެމްޓީ ގަޑިން ރޭގަނޑު 10:30) އިވުނެވެ. ގަތަރުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރުމުގެ އަމުރެއް ހަމަލާގެ އެއް ގަޑިއިރު ކުރިން ގަތަރުގެ ސަރުކާރުން ނެރުނެވެ. މިއީ އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކާއެކު ފެށުނު ހަނގުރާމައިގައި ފާއިތުވި ދެ ހަފުތާ ތެރޭގައި ގަތަރުގައި މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ. ގަތަރު ސަރުކާރުން ނެރުނު އަމުރާއެކު ގިނަ ބަޔަކު ގެތައް ދޫކޮށް ބިންގަރާސްތަކުގައި ގަޑިއިރުތަކެއް ހޭދަކުރަން ޖެހުނެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް އެ ސިޓީގައިކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަތަރު ގަޑިން ރޭ ފަތިހުން 5:45 ހާއިރު އެ ގައުމުގެ ދިފާއީ ބާރުތަކުން ވަނީ ދެ މިސައިލެއް ހުއްޓުވާފަ އެވެ. މީގެ އިތުރުން ކުވެއިތާއި ބަހްރޭނަށްވެސް ރޭ މިފަދަ ހަމަލާތަކެއް އަމާޒުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މައުޟޫޢުތަށް