ދޭނާ މަނަވަރަށް ދިން ހަމަލާގެ ބަދަލު ހިފާނަން: އީރާން

އަވަސް

14 މާރިޗު 2026 | ހޮނިހިރު | 12:16

އިންޑިއާ ކަނޑުގައި އީރާނުގެ މަނަވަރަކަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާގެ ބަދަލު ހިފާނެކަމުގެ އިންޒާރު އީރާނު އަސްކަރިއްޔާއިން ދީފި އެވެ.

އީރާނުގެ އެންމެ އާ މަނަވަރުތަކުގެ ތެރޭގައި ހިމެނޭ "އައިއާރުއައިއެސް ދޭނާ" އަށް އެމެރިކާ އަސްކަރިއްޔާއިން ހަމަލާ އިންޑިއާ ކަނޑުގެ ސަރަހައްދުންނެވެ. މި ހަމަލާގައި 104 މީހުން ވަނީ މަރާލާފަ އެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނީ އެ މަނަވަރުގެ ފަޅުވެރިންނަކީ ސުލްހަވެރި މިޝަނެއް ނިންމާލުމަށްފަހު އެނބުރި ގައުމަށް ދަތުރުކުރި ބައެއް ކަމަށާއި އެ މީހުންނަށް ހަމަލާދީފައިވަނީ އެއްވެސް ސީދާ ކުރިމަތިލުމެއްގެ ތެރޭގައި ނެތީސް ކަމަށެވެ. މަނަވަރުގެ ނަމާއި މަނަވަރުގެ ފަޅުވެރިން ވީ ގުރުބާނީ އީރާނުގެ ކަނޑުގެ ސިފައިންގެ ތާރީހުގައި ދެމިއޮންނާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް