ގައިން ގަޔަށް އަރާ ބަލިތައް ދަށަށް
އަވަސް
14 މާރިޗު 2026 | ހޮނިހިރު | 12:00
ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު މިއަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު ފެބުރުވަރީ މަހު ދަށަށް ހިނގައްޖެއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ފެބުރުވަރީ މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާއެވެ. ޖަނަވަރީ މަހު 35،693 ކޭސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު ފެބްރުވަރީ މަހު ރިޕޯޓްކޮށްފައިވަނީ 23،573 ކޭސް އެވެ. ގައިން ގަޔަށް އަރާ ބަލިތަކުގެ ތެރެއިން ފެބްރުވަރީ މަހު ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމުގެ ކޭސްތަކެވެ. އެގޮތުން ބޭރަށް ހިންގާތީ 8،429 ކޭސް ޖަނަވަރީ މަހު ރިޕޯޓްކޮށްފައިވާއިރު ފެބްރުވަރީ މަހު ރިޕޯޓްކޮށްފައިވަނީ 7،196 ކޭސް އެވެ. އެޗްޕީއޭ އިން ބުނީ ޖަނަވަރީ މަހާ އަޅާބަލާއިރު ފެބުރުވަރީ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓުކުރެވުނު އަދަދު މަދުވެފައިވާ ކަމަށެވެ. ގައިން ގަޔަށް އަރާ ބަލިތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން އެެދިފައިވެ އެވެ.