ރާއްޖެއަށް ދެ ކްރޫޒްލައިނާ
އަވަސް
14 މާރިޗު 2026 | ހޮނިހިރު | 4:27
ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެއަށް ދެ ކްރޫޒްލައިނާ އަތުވެއްޖެ އެވެ.
ރާއްޖެ އައިސްފައިވަނީ ވަސްކޯ ޑަ ގާމާ އާއި އެމްއެސް ސިރެނާ އެވެ. ވަސްކޯ ޑަ ގާމާ ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ކޮލަމްބޯ އިންނެވެ. މި ކްރޫޒްލައިނާ ހއ. އުލިގަމުގެ ބޭރުގައި ބަނދަރުކުރުމަށްފަހު މިހާރު ވަނީ މާލެ އައިސްފަ އެވެ. މި ކްރޫޒްލައިނާއިން ރާއްޖެއައި 859 ފަސިންޖަރުންނާއި 489 ފަޅުވެރިންނަށް އިިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ކްލިއަރެންސް ދީފަ އެވެ.
އެމްއެސް ސިރެނާ ރާއްޖެ އައީ އިންޑިއާގެ މުމްބާއީން މިއަދު އެވެ. މި ކްރޫޒްލައިނާއިން ރާއްޖެއައި 609 ފަސިންޖަރުންނާއި 389 ފަޅުވެރިންނަށް އިިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ކްލިއަރެންސް ދީފަ އެވެ.