އިޒްރޭލުން ޣައްޒާގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އަވަސް

14 މާރިޗު 2026 | ހޮނިހިރު | 9:23

އިޒްރޭލުން ޣައްޒާގައި ކުރިއަށްގެންދާ ލާއިންސާނީ ގަތުލުއާންމުގައި ފަލަސްތީނުގެ އިތުރު ފަސް މީހަކު ޝަހީދުކޮށްލައިފި އެވެ.

މި ފަސް މީހުން ޝަހީދުކޮށްލީ އިޒްރޭލުން ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގައި ދިން ހަމަލާތަކުގަ އެވެ. "ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ" އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވެ އިޒްރޭލުން ވަނީ ޣައްޒާއަށް ހަމަލާދީފަ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން މިހާތަނަށް ހަތް މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. އަދި ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން މިހާތަނަށް ޖުމްލަ 658 މީހުން ޝަހީދުކޮށްލާފައިވެ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޣައްޒާއަށް ކުރިމަތިވެފައިވާ ވެލީގެ ތޫފާނެވެ.

މައުޟޫޢުތަށް