އިރާގާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި

އަވަސް

15 މާރިޗު 2026 | އާދިއްތަ | 9:35

އިރާގާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ އިޒްރޭލުގެ އިތުރުން އިރާގައި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ ތިން މަރުކަޒަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ. ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނީ ތެލް އަވީވްގެ ސިނާއީ ސަރަހައްދުތަކަށް އީރާނުން ފޮނުވާލި ބަރު މިސައިލް ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ. އިޒްރޭލުން މެދުނުކެނޑި އެމްބިއުލާންސްތަކުގެ ސައިރަންގެ އަޑު އިވެމުންދިއުމާއި މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެއްބަސްވަމުންދިއުމަކީ، މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފުންމިން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އީރާނުން ބުނި ގޮތުގައި އެ ގައުމުން ވަނީ އިރާގުގައި ހުންނަ ހަރީރު އެއާބޭސްގެ އިތުރުން، ކުވެއިތުގައި އެމެރިކާ ސިފައިން ތިބޭ އަލީ އަލް ސާލިމް އަދި އާރިފްޖާން މަރުކަޒުތައް ވަރުގަދަ މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ސުންނާފަތިކޮށްލާފައިވާ އެވެ.

މައުޟޫޢުތަށް