ހޮރްމޫޒު ކަނޑުއޮޅި ހުޅުވާފައި ބާއްވަން އެހީވާން ޓްރަމްޕް ގޮވާލައިފި
އަވަސް
15 މާރިޗު 2026 | އާދިއްތަ | 11:09
ހޮރްމޫޒު ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީވުމަށް އެމެރިކާގެ ބައިވެރިންނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާދީ ފެށި ހަނގުރާމައާއެކު އީރާނުން ވަނީ ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އަދި ދުޝްމަނުންނަށް ހޮރުމޫޒު ކަނޑުއޮޅިން ތެޔޮ ލީޓަރެއްވެސް ބޭރު ނުކުރެވޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަށް އަދި ތައްޔާރު ނޫން ކަމަށެވެ. އެހެންވެ ހޮރުމޫޒު ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީވުމަށް އެމެރިކާގެ ބައިވެރިންގެ ކިބައިން އެދުނެވެ. އީރާނުން ދަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާ ދެމުންނެވެ. މީގެ އިތުރުން ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުންވެސް ދަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ލުބުނާނަން ދެމުންދާ ހަމަލާތަކުގައި 850،000 އެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ.