އުރީދޫ ކަރާ ކުއެސްޓް: ކަރާ ފަޅައިގެން ލަޝްކަރު މޮޅުކުރަން މީ ރަނުގެ ފުރުސަތެއް

އަވަސް

15 މާރިޗު 2026 | އާދިއްތަ | 11:35

މި އަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އުރީދޫ ކަރާފެޅުން ގޭމުގައި އުރީދޫ މޯލްޑިވްސް އިން ވަނީ "ކަރާ ކުއެސްޓް" ތައާރަފުކޮށްފަ އެވެ. މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ. ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ އެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ އެވެ. މި ފީޗާގެ ސަބަބުން އުރީދޫ ކަރާފެޅުމަށް އިތުރު ފޯރިއަކާއި ސްޓްރެޓެޖީއެއް ލިބިގެންދެ އެވެ. ރަމަޟާން މަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާއެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ. އުރީދޫ ކަރާ ފެޅުމަކީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެކެވެ. ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެ އެވެ. އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދެއެވެ.

މައުޟޫޢުތަށް