ގާނޫނުއަސާސީ އިސްލާހުކުރުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް: އުޝާމު

އަވަސް

15 މާރިޗު 2026 | އާދިއްތަ | 2:41

ގާނޫނުއަސާސީގައި މައްސަލަތަކެއއް ހުރުމާ ގުޅިގެން އެކަންކަން އިސްލާހުކުރަންޖެހޭކަން އެއީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމުގައި ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އުޝާމު ވިދާޅުވީ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ:-

މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ބައެއް މީހުން ސުވާލުކުރާތީ އުޝާމު ވަނީ އެކަމަށް ޖަވާބު ދެއްވާފަ އެވެ. އެގޮތުން އުޝާމު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ އިސްލާހަކީ އެއަށް އަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ގާނޫނުއަސާސީން ލާޒިމުކުރާ އިސްލާހެއް ކަމަށްވަތީ އެ އިސްލާހާ މެދު ިވަގުތު ގޮތެއް ނިންމަން ބޭނުންވީ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކަކީ އެއަށް އަމަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގާނޫނުއަސާސީ ލާޒިމްކުރާ އިސްލާހުތަކެއް ނޫން ކަމުގައިވެސް ބަންޑާރަނައިބް ވިދާޅުވި އެވެ. އުޝާމު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ. "މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިހާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ހަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" އުޝާމު ވިދާޅުވި އެވެ. ބަންޑާރަނައިބް އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށާއި މިހާރު ހިނގަމުންދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.

މައުޟޫޢުތަށް