ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއްގެ ބިންގާ މިރޭ އަޅަނީ

އަވަސް

15 މާރިޗު 2026 | އާދިއްތަ | 5:52

ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ މިސްކިތެއް އެޅުމަށްޓަކައި މިރޭ ބިންގާ އަޅަން ތައްޔާރުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ މިސްކިތެއް އެޅުމަށްޓަކައި މިރޭ 9.30 ގައި ބިންގާ އަޅާނެ ކަމަށެވެ. ރޯދަ މަސް ނިމުމުން ވަގުތީ މިސްކިތް ތަޅާލާނެ ކަމަށާއި މި މަޝްރޫއަށް ފަންޑު ކުރަނީ ހެޔޮ އެދޭ ފަރާތަކުން ކަމަށް ޝަހީމް ވިދާޅުވި އެވެ. "މިތަނުގައި ބިނާކުރަނީ 3 ބުރީގެ މިސްކިތެއް. ޢުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ލިފްޓް ވެސް ބެހެއްޓޭނެ،" ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ ދޮޅުއަހަރުން މި މަޝްރޫޢު ނިންމުމަކީ އަމާޒު ކަމަށެވެ.

މައުޟޫޢުތަށް