126 މިލިއަން ރުފިޔާއަށް މާލެ ވެޓް މާކެޓް މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

އަވަސް

15 މާރިޗު 2026 | އާދިއްތަ | 6:07

މާލެ މަސްމާރުކޭޓް ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓް ސަރަހައްދުގައި މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީ އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރި މި މަޝްރޫއުގެ އަގަކީ 126.35 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫއުގެ މަސައްކަތް 600 ދުވަހުން ނިންމަން ވަނީ އެއްބަސްވެފަ އެވެ.

މައުޟޫޢުތަށް