މާލެ ސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ
އަވަސް
15 މާރިޗު 2026 | އާދިއްތަ | 7:16
މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި އީދު ނަމާދުކުރަން ނިންމައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ވިލިމާލޭ ބޯޅަދަނޑުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ޙަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާހިނގުމާއި ފޭރުގަސްމަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއާތުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) މަސްޖިދު މަލިކި ސަލްމާން މަސްޖިދުލް ފުރްޤާން މަސްޖިދުއް ނޫރު މަސްޖިދުއް ޝަހީދު ޢަލީ މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް) މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) މަސްޖިދު ޞަލާޙުއްދީން މަސްޖިދު ޖަލާލުއްދީން މަސްޖިދު އިބްރާހީމް މަސްޖިދު އިސްކަންދަރު މަސްޖިދު ޔޫސުފުލް ބަރުބަރީ މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް) މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) މާފަންނު އާ މިސްކިތް