މިމަހުގެ ފަތުރުވެރިންގެ އަދަދު 21 ޕަސެންޓް ދަށަށް

އަވަސް

16 މާރިޗު 2026 | ހޯމަ | 10:46

ރާއްޖެއަށް މިމަހުގެ ފުރަތަމަ 14 ދުވަސް ތެރޭގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 21.1 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ 14 ދުވަހު ރާއްޖެ އައީ 69،648 ފަތުރުވެރިންނެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި 88،274 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފްލައިޓްތައް ކެންސަލްވުމުންނެވެ. ހަނގުރާމައިގެ ސަބަބުން މިއަދުވެސް ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ އެވެ. މީގެ ތެރޭގައި އެމިރޭޓްސް، އެއާ އަރަބިއާ، ގަތަރު އެއާވޭސް، އިއްތިހާދު އެއާވޭސްގެ ފްލައިޓް ހިމެނެ އެވެ. މި މަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 5.8 ޕަސެންޓް އިތުރުވެފަ އެވެ.

މައުޟޫޢުތަށް