ހޮރުމޫޒު ކަނޑުއޮޅި ހުޅުވަން ނޭޓޯގެ އެހީއަށް ޓްރަމްޕް އެދިއްޖެ
އަވަސް
16 މާރިޗު 2026 | ހޯމަ | 11:37
ހޮރުމޫޒު ކަނޑުއޮޅި ހުޅުވަން ނޭޓޯގެ ބައިވެރިންގެ އެހީތެރިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ކުރަމުންދިޔަ ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކަށް އައުމަށް އީރާނުން ތައްޔާރުނޫން ކަމަށެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރުގެ މުހިންމު މަގެއް ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި ނޭޓޯގެ ބައިވެރިންގެ އެހީތެރިކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ ބާރުއަޅުއްވާފަ އެވެ. ހޮރުމޫޒު ކަނޑުއޮޅި ހުޅުވުމަށް ނޭޓޯގެ އެހީއަށް ޓްރަމްޕް އެދުނުއިރު އެމެރިކާ އާއި އިޒްރޭލުން ދަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް މެދުނުކެނޑި ދެމުންނެވެ. މި ހަމަލާތަކުގައި ތެހެރާންގެ އިތުރުން ހަމަދާން އަދި އިސްފަހާން ފަދަ ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ހަމައެއާއެކު އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން އިޒްރޭލްގެ އެކި ސިޓީތަކަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.