އިޒްރޭލު ސިފައިން ލުބުނާނަށް އެއްގަމު މަގުން އަރައިފި

އަވަސް

16 މާރިޗު 2026 | ހޯމަ | 11:53

އިޒްރޭލު ސިފައިން ލުބުނާނުގެ ދެކުނަށް އެއްގަމު މަގުން އަރައިފި އެވެ.

އިޒްރޭލު އަސްކަރިއްޔާގެ 91 ވަނަ ބްރިގޭޑުން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އެއްގަމު މަގުން ހާއްސަ އޮޕަރޭޝަންތަކެއް ފެށީ އިޒްރޭލުގެ ރައްކާތެރިކަމަށްޓަކައި ކަނޑައަޅާފައިވާ ސަރަހައްދު ފުޅާކުރުމުގެ ނަމުގަ އެވެ. ލުބުނާނުގައި ފެށި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހިޒްބުﷲ ޖަމާއަތުގެ މަރުކަޒުތައް ނައްތާލުން ކަމަށްވެސް އިޒްރޭލުން ބުނެ އެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފެބްރުއަރީ 28 އިން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 850 މީހުން ވަނީ މަރާލާފަ އެވެ. މީގެ ތެރޭގައި 66 އަންހެނުންނާއި، 107 ކުޑަކުދިންގެ އިތުރުން ސިއްހީ ހިދުމަތްތެރިންގެ 32 މީހަކު ހިމެނެ އެވެ. މީގެ އިތުރުން 2,105 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، 800،000 އަށްވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފަ އެވެ.

މައުޟޫޢުތަށް