ބޮޑުތަކުރުފާނުމަގުގެ މަޝްރޫއު ހޮނިހިރު ދުވަހު ފަށަނީ

އަވަސް

16 މާރިޗު 2026 | ހޯމަ | 12:06

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ބާކީ ހުރި މަސައްކަތްތައް ހޮނިހިރު ދުވަހު ފަށަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ގޮތަށް މާލޭ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. މި މަސައްކަތަށް ހެންވޭރު ޓާމިނަލް އިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ އެވެ. މަސްވެރިންގެ ޕާކުން ފެށިގެން 05 ނަމްބަރު ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަދި ފަސް ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދު އެޕްރީލް 17 ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ. އެހެންވެ މިއަދުން ފެށިގެން މަގު ފުޅާ ކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވަންދެން މި ސަރަހައްދުގެ އެއްގަމުތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑުކޮށްގެން އޮތުމާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް ވަނީ އަންގާފަ އެވެ.

މައުޟޫޢުތަށް