އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީކުރަނީ
އަވަސް
16 މާރިޗު 2026 | ހޯމަ | 2:30
ހއ. އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މި މަސައްކަތް ހަވާލުކުރީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭނެ މެރީނާއެއް ތަރައްްގީކުރެވޭނެ ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. އެމްޕީއެލުން ބުނި ގޮތުގައި މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ހިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ. އެމްޕީއެލުން ބުނީ ޔޮޓް މެެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.