ސަނީ އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
އަވަސް
16 މާރިޗު 2026 | ހޯމަ | 6:57
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ސަނީ އުމަރުގެ މައްޗަށް ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްދުދުގައި އަތްލުމުގެ ކުށުގެ 3 ދައުވާ އުފުލާފައިވެ އެވެ. މީގެ އިތުރުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަކާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެއް އުފުލާފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދައުވާއަކީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރުވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ އުފުލި ދައުވާއެކެވެ.