އިންޑިއާ-ރާއްޖެ އެފްޓީއޭގެ ޓީއޯއާރުގައި ސޮއިކޮށްފި

އަވަސް

17 މާރިޗު 2026 | އަންގާރަ | 12:28

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) ގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

ޓީއޯއާރްގައި ދެ ގައުމުން ސޮއިކުރިކަން ހާމަކުރީ އިންޑިއާގެ ކޮމާސް މިނިސްޓްރީންނެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އެފްޓީއޭ ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. ޓީއޯއާރް އަކީ ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ. އެފްޓީއޭއާއެކު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް