އުރީދޫގެ 16 ވަނަ އުމްރާ ލިބުނީ އާމިނަތު މަލްޝާއަށް
އަވަސް
17 މާރިޗު 2026 | އަންގާރަ | 12:47
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރިއަކަށް އާމިނަތު މަލްޝާ، ށ. ގޮއިދޫ ހޮވިއްޖެ އެވެ.
އާމިނަތު މަލްޝާއަށް މި ލަކީ ޑްރޯގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ކެމްޕެއިނެކެވެ. އެ ގޮތުން މި ކެމްޕެއިންގައި 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ 20 އަހަރުގެ ކުޑަ މުއްދަތުގައި މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަން އުރީދޫން ފާހަގަކުރެ އެވެ. ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.