"އަސްކަރީ އެހީގައި ހޮރްމޫޒު ހުޅުވުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫން"
އަވަސް
17 މާރިޗު 2026 | އަންގާރަ | 2:43
އަސްކަރީ އެހީތެރިކަމާއެކު ހޮރްމޫޒު ކަނޑުއޮޅި ހުޅުވާފައި ބެހެއްޓުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫން ޔޫއެންގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބުނެފި އެވެ.
އައިއެމްއޯ އިން ބުނީ އަސްކަރީ މަނަވަރުތަކުގެ ހިމާޔަތުގައި ހޮރްމޫޒު ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ދަތުރުކުރުމަކީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ދެމެހެއްޓެނިވި ސްޓްރެޓެޖީއެއް ނޫން ކަމަށެވެ. އީރާންގެ "ދުޝްމަނު" ގައުމުތަކަށް ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށްފައިވާއިރު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް މިފަދަ އަސްކަރީ އެހީތެރިކަމާއެކުވެސް ސައްތައިން ސައްތަ ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް އައިއެމްއޯގެ ސެކެރެޓްރީ ޖެނެރަލް އާސީނިއޯ ވިދާޅުވި އެވެ. "މީގެ ސަބަބުން ނުރައްކާ ކުޑަވި ނަމަވެސް، ނުރައްކާ އެއްކޮށް ފިލައިގެންނެއް ނުދޭ،" އޭނާ ވިދާޅުވި އެވެ. ހޮރްމޫޒު ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ކަނޑުގެ އިއްތިހާދެއް އެކުލަވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލި ނަމަވެސް ވިލާތުގެ ގިނަ ގައުމުތަކުގެ ވެރިން ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ.