އީރާން ޓީމަށް މަރުހަބާ ކިޔަން މެކްސިކޯ ތައްޔާރު
އަވަސް
17 މާރިޗު 2026 | އަންގާރަ | 8:48
ވޯލްޑް ކަޕްގައި އީރާނުން ކުޅޭ މެޗުތައް މެކްސިކޯގައި ބޭއްވުމަށް އެ ގައުމުން މަރުހަބާ ކިޔައިފި އެވެ.
އީރާނަށް މެކްސިކޯއިން މަރުހަބާ ކިޔާފައި މިވަނީ ވޯލްޑް ކަޕްގައި އީރާނުން ކުޅޭ މެޗުތައް މެކްސިކޯގައި ބޭއްވުމަށް އީރާންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާއާއެކު މަޝްވަރާ ކުރަމުން ދަނިކޮށެވެ. މި މަޝްވަރާތައް ފެށީ އީރާނުގެ ގައުމީ ޓީމުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރަމްޕް ވިދާޅުވުމުންނެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބޯމް ވިދާޅުވީ އީރާނަށް މަރުހަބާ ކިޔުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ފީފާއިން ރުހުން ދިނުމުން ކަމަށެވެ. އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާގައި އެދިފައިވަނީ އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު އުފެދިފައިވާ ކަންބޮޑުވުންތަކުގެ ސަބަބުން، އެމެރިކާގައި ކުޅުމަށް ތާވަލުކޮށްފައިވާ އީރާނުގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށެވެ. ވޯލްޑް ކަޕް ބާއްވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.