އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އަވަސް

18 މާރިޗު 2026 | ބުދަ | 6:49

ހުޅުމާލޭގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލެ ލޮޓް-11395 ގަ އެވެ. މި ހާދިސާގައި އެގޭގެ އެއް ކޮޓަރި ވަނީ އަނދައިގެން ގޮސްފަ އެވެ. މީގެ އިތުރުން އެ ގޭގައި ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރުކޮންމެވެސް ވަރަކަށްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ ބުނެފަ އެވެ.

އެންޑީއެމްއޭ އިން ބުނީ އެ ގޭގައި ދިރިއުޅެމުންދިޔަ ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސައިދީފައިވާ ކަމަށެވެ.

މައުޟޫޢުތަށް