ގުދަނެއްގައި ރޯވެ އަނދަނީ
އަވަސް
18 މާރިޗު 2026 | ބުދަ | 11:11
މާލޭގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުން އެބަދެ އެވެ.
އަލިފާން ރޯވެފައިވަނީ ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގުދަނެއްގަ އެވެ. އެ ގުދަނުގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އަލިފާން ރޯވީ ގ. ހިޔާރޯދި ގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ. މި ހާދިސާގައި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ދެރަވެގެން އަންހެން ފުލުހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.