ދިރާގުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިމަހު 31އަށް ހަމަވަނީ

އަވަސް

18 މާރިޗު 2026 | ބުދަ | 11:41

ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިމަހު 31އަށް ހަމަވާނެ އެވެ. މިއީ މި ޕްރޮމޯޝަނަށް އެންރޯލްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު ހާސިލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި މި ކަސްޓަމަރުންނަށް އަލުން އެންރޯލްކުރަން ނުޖެހޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދެނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު އެވެ. މި ހިތްގައިމު ސްޕީޑްބޯޓްތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ރީތި ސްޕީޑްބޯޓެކެވެ. މި ގޮތުން މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާއަށް ދިރާގުން ސްޕީޑްބޯޓް ހަވާލުކޮށްފައިވާއިރު ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ މި އަހަރުގެ ޖޫންމަހު އެނގިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ. މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ. ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް މިމަހުގެ 31 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ. މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.

މައުޟޫޢުތަށް