އީދު ފާހަގަކުރަން މިފަހަރުވެސް ކްރޮސްރޯޑްސްގައި ހަރަކާތްތަކެއް

އަވަސް

18 މާރިޗު 2026 | ބުދަ | 2:17

ފިތުރު އީދު ފާހަގަކުރަން ކްރޮސްރޯޑްސް މޯލްޑިވްސްގައި މި އަހަރުވެސް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދަ މެރީނާ ކްރޮސްރޯޑްސްގައި އީދު ދުވަހު ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރާއި ކޯޑީގެ އިތުރުން މާލި ޕެރޭޑް ހިމެނެ އެވެ. މީގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ބައިވެރިވެވޭ ހަރަކާތްތަކެއް މި އީދުގައި ކްރޮސްރޯޑްސްގައި އޮންނާނެ އެވެ. އެ ގޮތުން ސައި ބީޗް ކްލަބްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި އަކުއާ ޒުމްބާ އާއި މޯބައިލް ކަރޯކޭ އަދި ޕޫލް ވޮލީބޯލް ހިމެނެ އެވެ. އަކުއާ ޒުމްބާ ކުރިއަށްދާނީ އީދު ދުވަހުގެ ހެނދުނު 11:30 އިން މެންދުރު 12:15 އަށް ސައި ބީޗް ކްލަބް ޕޫލްގަ އެވެ.

މޯބައިލް ކަރޯކޭ ކުރިއަށްދާނީ ސައި ބީޗް ކްލަބް ސްވިމް-އަޕް ބާ ގައި 14:00 އިން 15:00 އަށެވެ. ޕޫލް ވޮލީބޯލް ކުރިއަށްދާނީ ސައި ބީޗް ކްލަބް ޕޫލްގައި 15:00 އިން 15:45 އަށެވެ. ބޮޑުބެރާއި ކޯޑި އަދި މާލި ޕެރޭޑު ކުރިއަށްދާނީ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން ސައި ބީޗް ކްލަބަށް އީދު ދުވަހުގެ 16:30 އިން 18:00 އަށެވެ. މި ގަޑީގައި ސައި ބީޗް ކްލަބްގައި ލައިވް ޑީޖޭ އާއި ގޭމްތަކާއެކު ފެމިލީ ޕޫލް ޕާޓީ އޮންނާނެ އެވެ.

މައުޟޫޢުތަށް