އީރާން މެޗުތައް މެކްސިކޯއަށް ބަދަލެއް ނުކުރެވޭނެ: ފީފާ

އަވަސް

18 މާރިޗު 2026 | ބުދަ | 3:17

ވޯލްޑް ކަޕްގައި އީރާނުން ކުޅޭ މެޗުތައް މެކްސިކޯއަށް ބަދަލު ނުކުރެވޭނެ ކަމަށް ފީފާ އިން ބުނެފި އެވެ.

ފީފާއިން މިހެން ބުނެފައި ވަނީ ވޯލްޑް ކަޕްގައި އީރާނުން ކުޅޭ މެޗުތައް މެކްސިކޯގައި ބޭއްވުމަށް އީރާނުން އެދުމުންނެވެ. އީރާނުން މިކަމަށް އެދުނީ އެ ގައުމުގެ ގައުމީ ޓީމުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރަމްޕް ވިދާޅުވުމުންނެވެ. ފީފާއިން ބުނީ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާނީ މިދިޔަ އަހަރު އިއުލާންކުރި ތާވަލާ އެއްގޮތަށް ކަމަށެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމާ ގުޅިގެން ވޯލްޑް ކަޕްގައި އީރާނުން ބައިވެރިވުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އީރާންގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ރައީސް މަހުދީ ތާޖު ވިދާޅުވީ އީރާނު ޓީމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވެން ނެތް ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އެމެރިކާއަށް ދަތުރުނުކުރާނެ ކަމަށެވެ. މިއަހަރުގެ ވޯލްޑްކަޕް ކުރިއަށްދާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ.

މައުޟޫޢުތަށް