އީދު ދުވަހަކީ ހުކުރު ދުވަސް

އަވަސް

18 މާރިޗު 2026 | ބުދަ | 8:53

އަންނަ ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައި ބުނީ މިއަދު އިރުއޮއްސުމުގެ ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުނުވާ ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްވާލު މަހުގެ ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުތަކުން ކަށަވަރުވާ ކަމަށެވެ. މީގެ އިތުރުން އިސްލާމި އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނުނުކަމުގެ މައުލޫމާތު ރަސްމީ ގޮތުން ލިބިފައިނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެހެންވެ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ -- މާޗް 19 ވާ ބުރާސްފަތި ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައި އަދި މާޗް 20 ވާ ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށް އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް