އަލިފާން ރޯވީ އިންތިހާބާބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނެއްގައި
އަވަސް
18 މާރިޗު 2026 | ބުދަ | 10:13
މާލޭގައި މިރޭ އަލިފާން ރޯވީ އިންތިހާބާބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން މިރޭ ބުނީ އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގާ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެ ކަމަށްވެސް އީސީ އިން ވަނީ ބުނެފަ އެވެ. އަލިފާން ރޯވީ ތޮއިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގަ އެވެ. މި ގުދަނުގައި ރޯވުމުން އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް ދަނީ ހަރަކާތްތެރިވަމުންނެވެ.