ޕްރައިމް ގުދަން އަލިފާނުގެ ހާދިސާ: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އަވަސް

19 މާރިޗު 2026 | ބުރާސްފަތި | 10:02

މާފަންނުގައި ހުރި ޕްރައިމް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރޭގެ 2:30 އާއި ހަމައަށް ޖުމްލަ 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރެވުނު ކަމަށެވެ. "މިއީ 69 އަންހެނުންނާއި 385 ފިރިހެނުން. މީގެތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭ. ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް މި އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު،" އެންޑީއެމްއޭ އިން ބުންޏެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ވަނީ ހަވާލުވެފަ އެވެ. 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދިންއިރު ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައިވެ އެވެ. މި 15 ގެވެސް ހުސްކުރަން ޖެހުނީ ބޯދުމުގެ ސަބަބުން ކަމަށާއި މި ހާދިސާގެ އަސަރުކޮށްގެން ހަތް މީހަކަށް ހޮސްޕިޓަލުން ފަރުވާދެވުނުއިރު އެ އެންމެންގެ ހާލު ސްޓޭބަލް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

މައުޟޫޢުތަށް