އޮސްޓްރޭލިއާއަށް ސީދާ ދަތުރު ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އަވަސް

19 މާރިޗު 2026 | ބުރާސްފަތި | 12:08

އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދު އެއާލައިންތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުތައް ކުރެވޭނެ ކަމަށެވެ. މިއީ ދަތުރުފަތުރާއި ޓޫރިޒަމާއި ވިޔަފާރިތައް ހުޅުވިގެންދާ އާ ފުރުސަތުތަކެއް ކަމަށްވެސް އަމީން ވިދާޅުވި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އަންނަނީ އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

މައުޟޫޢުތަށް