އަލިފާނުގެ ހާދިސާގެ ހާއްސަ ތަހުގީގެއް ފަށައިފި
އަވަސް
19 މާރިޗު 2026 | ބުރާސްފަތި | 1:31
ޕްރައިމް ފާޓިލައިޒާ މޯލްޑިވްސްގެ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ހާދިސާ ހިނގި ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. އަލިފާން ރޯވީ މާފަންނު، އިއްޒުއްދީންމަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ގުދަނެއްގަ އެވެ. މި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ. މި ހާދިސާގައި ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި ޕިކަޕަކަށާއި ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.