ދިރާގުޕޭގެ އީދު ހަދިޔާ – އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސްކްރީމް
އަވަސް
19 މާރިޗު 2026 | ބުރާސްފަތި | 2:09
ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން އީދު ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00އާ ހަމައަށް ސީގަލް ކެފޭއަށް އާއިލާ އާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް މީރު އައިސްކްރީމާއެކު އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ދިރާގުން ބުނީ ސީގަލް ކެފޭއިން ލިބެން ހުންނަ ތަފާތު ގިނަ ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން ބޭނުންވާ ބާވަތެއް އިހްތިޔާރު އީދު ދުވަހު ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއަކަށް އައިސްކްރީމް ލިބޭނެ ކަމަށެވެ. މި ގޮތުން ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށްފަހު ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށް ވެސް މި ދުވަހު އައިސްކްރީމް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުޕޭއިން ވަނީ މިދިޔަ އަހަރުވެސް މި ފަދަ ކާމިޔާބު ޕްރޮމޯޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ، ޝަވަރުމާ އަދި ވޮފްލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ ފޯރުކޮށްދީފަ އެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.