މަޝްވަރާތަކަކަށް އެމެރިކާގެ މަންދޫބެއް ރާއްޖެއަށް

އަވަސް

19 މާރިޗު 2026 | ބުރާސްފަތި | 3:00

ރާއްޖެއާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ނިންމައިފި އެވެ.

އއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ސާޖިއޯ ރާއްޖެ ވަޑައިގަންނަވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ މަތީ ފަންތީގެ ބައްދަލުވުންތަކަކަށް ކަމަށެވެ. މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސާޖިއޯގެ މިދަތުރުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި އިގްތިސާދީ ތަރައްގީ އަދި އިންފްރާސްޓްރަކްޗާގެ އެހީތެރިކަމާ ގުޅޭގޮތުން އެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. މި ދަތުރަކީ ކަނޑުގެ މުހިއްމު މަގުތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެެ.

މައުޟޫޢުތަށް