ވޯޓާސް ލިސްޓްގައި ސޮއިކުރަން އިތުރު ދުވަހެއް

އަވަސް

19 މާރިޗު 2026 | ބުރާސްފަތި | 7:32

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރު ދުވަހެއް ދީފި އެވެ.

އިންތިހާބާބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ލިސްޓުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން ވަގުތީ ގޮތުން މެދުކަނޑާލި އެވެ. ވޯޓާސް ލިސްޓުގައި އަލުން ސޮއިކުރަން ފެށީ އިންތިހާބާބެހޭ މަރުކަޒު ސޯޝަލް ސެންޓަރަށް ބަދަލުކުރުމަށްފަހު މިއަދު ހެނދުނު 10:00 ގަ އެވެ. އީސީ އިން ބުނީ ރޭ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތަށް އެއްދުވަސް އިތުރުކުރި ނަމަވެސް މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް މިރޭ 9:30 އިން 12:00އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް އީސީން ބުންޏެވެ. އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އިންތިހާބުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް