ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ
އަވަސް
20 މާރިޗު 2026 | ހުކުރު | 9:08
ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެ އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:15 ހާއިރު އެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ހަތް މީހުން ތިބި ކަމަށެވެ. އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާއަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށާއި މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓުފައިވަނީ ފަސް މީހުން ކަމަށް ފުލުހުން ބުންޏެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.