ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
އަވަސް
20 މާރިޗު 2026 | ހުކުރު | 9:28
ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ ދިރާގު ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އާއިލާއާއި އެހެނިހެން ގާތް ފަރާތްތަކާއި ގުޅުން ބަދަހިކޮށް އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ. މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ގިނަ ފަރާތްތަކުން ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ދުވަސްވަރެއްކަން ފާހަގަކޮށް ދިރާގުން ބުނީ މި ހިދުމަތުގެ ދަށުން ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށެވެ. ދިރާގުން ބުނީ #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މިއަދުގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އެކްޓިވޭޓްކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންގެ އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ހާއްސަ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.