ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި އީދު ސަޔާއި އީދު ހަދިޔާ
އަވަސް
20 މާރިޗު 2026 | ހުކުރު | 10:39
ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ "ދިރާގު އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
"ދިރާގު އީދު ސައި" ގެ ނަމުގައި ބޭއްވި ހެނދުނުގެ ނާސްތާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދު އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އަދި ހުޅުމާލެއިން މި އިވެންޓްގައި ބައިވެރިވެފަ އެވެ.
މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދިރާގުން ވަނީ އީދު ނަމާދަށްފަހު ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހާފަ އެވެ. މި ގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ދިރާގުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. އެއީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ލ. ގަން، ބ. އޭދަފުށި އަދި އދ. ދަނގެއްޗެވެ.