އަގްސާ މިސްކިތުގައި އީދު ނަމާދުކުރުމަށް އިޒްރޭލުން ހުރަސް އަޅައިފި
އަވަސް
20 މާރިޗު 2026 | ހުކުރު | 2:02
އަލް އަގްސާ މިސްކިތުގައި ފިތުރު އީދު ނަމާދުކުރުމަށް އިޒްރޭލު ސިފައިން ހުރަސް އަޅައިފި އެވެ.
އިޒްރޭލު ސިފައިންގެ މި ހުރަސް އެޅުންތަކާއެކު ފަލަސްތީނުގެ އެތައްހާސް ރައްޔިތުން އީދު ނަމާދު ކުރީ އަގްސާ މިސްކިތު ބޭރުގައި މަގުމަތީގަ އެވެ. ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުން މިއީ ގުދުސްއަކީ ޔަހޫދީންގެ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ފަލަސްތީނާއި އިސްލާމީ އުންމަތާއި އަގްސާ މިސްކިތް އެކަހެރި ކުރުމަށް އިޒްރޭލުން ކުރި ކަމެކެވެ. އަގްސާ މިސްކިތް ބަންދުކޮށްފައި އޮންނާތާ މިއަދަށް މިއީ ވިދިވިދިގެން 21 ވަނަ ދުވަހެވެ. އިޒްރޭލުން އަގްސާ މިސްކިތް ބަންދުކުރީ އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާދީ ފެށި ހަނގުރާމައާއެކު އެވެ.