ކުވެއިތުގެ އެންމެ ބޮޑު އޮއިލް ރިފައިނަރީއަށް އީރާނުން ހަމަލާދީފި

އަވަސް

20 މާރިޗު 2026 | ހުކުރު | 3:08

ކުވެއިތުގެ އެންމެ ބޮޑު އޮއިލް ރިފައިނަރީއަށް އަމާޒުކޮށް އީރާނުން ޖެހިޖެހިގެން ދެވަނަ ދުވަހު ޑްރޯން ހަމަލާތަކެއް ދީފި އެވެ.

އީރާނުން މިއަދު ހެނދުނު ހަމަލާ ދިނީ ދުވާލަކު ގާތްގަނޑަކަށް 730،000 ފީފާގެ ތެޔޮ ސާފުކުރާ މިނާ އަލް-އަހުމަދީ ރިފައިނަރީއަށެވެ. މި ހަމަލާއާއެކު ބައެއް ސަރަހައްދުތަކުގައި ވަނީ ރޯވެފަ އެވެ. ކުވެއިތުގެ ގައުމީ ތެޔޮ ކުންފުނިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ނަމަވެސް ކާރުހާނާގެ ބައެއް މަސައްކަތްތައް ހުއްޓާލަން ޖެހުނު ކަމަށެވެ. މި ހަމަލާތަކަކީ އީރާނުގެ "ސައުތު ޕާސް" ގޭސް ފީލްޑަށް މި ހަފުތާގެ ކުރީކޮޅު އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދެމުންދާ ހަމަލާތަކެކެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ) އިން ބުނީ ޔޫއޭއީގައި ހުރި އެމެރިކާގެ އަލް-ޒަފްރާ އެއާބޭސްއަށާއި އިޒްރޭލުގެ އެކި ސަރަޙައްދުތަކަށްވެސް ހަމަލާދީފައިވާ ކަމަށެވެ.

މައުޟޫޢުތަށް