ހަނގުރާމަ ހަ ހަފުތާ ތެރޭގައި ނިމުމަކަށް އަތުވެދާނެ: ޓްރަމްޕް
އަވަސް
21 މާރިޗު 2026 | ހޮނިހިރު | 10:00
އީރާނާ ދެކޮޅަށް ކުރިއަށްގެންދާ ހަނގުރާމަ ހަތަރެއް ނުވަތަ ހަ ހަފުތާ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު މި ހަނގުރާމަ ފެށުނީއްސުރެ މި ކަމަށް ހޭދަވާނެ މުއްދަތާއި ހަނގުރާމަ ކުރިއަށްދާނެ ދާއިރާތަކުގެ އިތުރުން ކާމިޔާބީއެއްގެ ގޮތުގައި އެމެރިކާއިން ބަލާނެ މިންގަނޑުތަކާ ގުޅޭ ގޮތުން ވައިޓް ހައުސްއިން ސާފު މައުލޫމާތެއް ދީފައެއް ނުވެ އެވެ. ޓްރަމްޕް ހުކުރު ދުވަހުގެ ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކޮށް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އެގައުމަށް އޮތް ފުރުސަތުތައް ހަނިކުރުމުގައި އެމެރިކާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް އަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ޓްރަމްޕް އެއްވެސް ވާހަކައެއް ދައްކާފައިނުވެ އެވެ.