އައްޑޫއަށް އެތެރެކުރަން އުޅުނު ޑްރަގުގެ އަގު 4.2 މިލިއަނަށް އަރާ

އަވަސް

21 މާރިޗު 2026 | ހޮނިހިރު | 11:10

އައްޑޫ ސިޓީއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީއަގު 4.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި މަހުގެ 17 ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މެތަމްފެޓަމައިންގެ ބަރުދަނުގައި 2080 ގްރާމް ހުއްޓެވެ. އައްޑޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް