ޖޫން މަހު ގިރާވަރުފަޅުން ގޯތި ހަވާލުކުރަނީ
އަވަސް
21 މާރިޗު 2026 | ހޮނިހިރު | 12:14
ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ޖޫން މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އެޕްރީލް މަހު ނިމޭނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ. ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސްފައިވާއިރު ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ.
ގިރާވަރުފަޅު ހިއްކުން މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ފަހުން މި ސަރުކާރުން ގިރާވަރުފަޅު ހިއްކަން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ.