ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އަވަސް

21 މާރިޗު 2026 | ހޮނިހިރު | 12:33

ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓް ހިނގީ އެމްޕީއެލްއާ ދިމާ ބޭރުގައި ލޯންޗަކާއި އެމްޕީއެލްގެ ޓަގު ބޯޓެއްގައި ޖެހިގެންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:39 ހާއިރު އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށާއި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގިއިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ކަމަށްވެސް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓްގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މައުޟޫޢުތަށް