ހިތަދޫގައި ކާރެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ

އަވަސް

21 މާރިޗު 2026 | ހޮނިހިރު | 7:00

އައްޑޫ ހިތަދޫގައި ކާރެއް ފުރޮޅާލައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި މި ކާރު ފުރޮޅައިލި ހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބުނެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އަދި އަނިޔާވި އެންމެންނަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ހާދިސާގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 4:50 ހާއިރު އެވެ.

މައުޟޫޢުތަށް