ބެންކޮކަށް މޯލްޑިވިއަންގެ ދަތުރުތަކެއް ބާއްވަނީ
އަވަސް
21 މާރިޗު 2026 | ހޮނިހިރު | 9:47
ބެންކޮކަށް މޯލްޑިވިއަންގެ ދަތުރުތަކެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހުން އޮގަސްޓް ދެވަނަ ދުވަހަށެވެ. ކޮންމެ އާދިއްތަ ދުވަހަކު ބާއްވާ މި ދަތުރުތަކުގައި މާލެއިން ފުރާނީ ހެނދުނު 11:00 ގަ އެވެ. ބެންކޮކުން ފުރާނީ އިރުއޮއްސި 6:40 ގަ އެވެ. މި ދަތުރުތަކުގައި ދެކޮޅު ޓިކެޓް ފެށެނީ 399 ޑޮލަރަށެވެ. މި ދަތުރުތަކުގައި 25 ކިލޯގެ ބެގޭޖު އެލަވަންސް ލިބޭނެ ކަމަށްވެސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.