އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1،224 ޔުނިޓުގެ ބިންގާ އަޅައިފި

އަވަސް

21 މާރިޗު 2026 | ހޮނިހިރު | 10:05

ހުޅުމާލޭގައި އިމާރާތްކުރާ ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1،224 ޔުނިޓުގެ ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ. މީގެ ތެރެއިން މިރޭ ބިންގާ އަޅާފައިވަނީ ސީއެމްއީސީން އިމާރަތްކުރާ 1،224 ޔުނިޓުގެ ބިންގާ އެވެ. މި ހައުސިން ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމައިލެވޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް