ހަކަތައިގެ ނިޒާމަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި
އަވަސް
22 މާރިޗު 2026 | އާދިއްތަ | 7:35
އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާއެއް އަމާޒުވެއްޖެނަމަ މެދުއިރުމަތީގައި ހުރި އެމެރިކާއާއި އިޒްރޭލާ ގުޅުންހުރި ހަކަތައިގެ ހުރިހާ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާންގެ އަސްކަރިއްޔާއިން ދީފި އެވެ.
މި އިންޒާރު ދިނީ 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒު ކަނޑުއޮޅި އަލުން ހުޅުވައި ނުލައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނުމައި ގުޅިގެންނެވެ. އީރާނުން ބުނީ އެ ގައުމުގެ ހަކަތައިގެ ވަސީލަތަކަށް ދުޝްމަނުން ހަމަލާ ދީފި ނަމަ އެމެރިކާއާއި އިޒްރޭލާ ގުޅުންހުރި ފެން ޕްލާންޓްތަކަށާއި ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާތަކަށްވެސް ހަމަލާދޭނެ ކަމަށެވެ. އީރާނުގެ ކަރަންޓު ނެޓްވޯކަށް ހަމަލާދީފިނަމަ ބައި ގަޑިއިރުގެ ތެރޭގައި ސަރަހައްދުގެ ގައުމުތަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު އީރާނުން މީގެ ކުރިންވެސް ދީފައިވެ އެވެ.