11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
އަވަސް
22 މާރިޗު 2026 | އާދިއްތަ | 4:28
ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގަތީ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ކަސްޓަމްސުން ބުންޏެވެ. ކަސްޓަމްސުން އަތުލައިގަތީ ކެނަބިސް ފަތާއި ހަޝިޝް އޮއިލް އެވެ. އެ ގޮތުން ކަސްޓަމްސުން އަތުލައިގަތް 5،370 ގްރާމް ކެނަބިސް ފަތުގެ މަގުމަތީ އަގު 4،296،000 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި 6،590 ގްރާމް ހަޝިޝް އޮއިލްގެ މަގުމަތީ އަގު 5،272،000 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސުން ވަނީ ބުނެފަ އެވެ.